ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2015/99
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 28 ސެޕްޓެންބަރު 2015 13:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެއަރޕޯޓްތަކަށް ބޭނުންވާ ކަރަންޓާބެހޭ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިއޮފީހުގެ ދަށުގައިވާ އެއަރޕޯޓްތަކުގެ ކަރަންޓުގެ މަސައްކަތަށް ބޭނުންވާ ކޭބަލް، ޑިސްޓްރިބިއުޝަން ބޮކްސް އަދި ބައެއް އެހެނިހެން ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު IUL)448/1/2015/96) އަށް އަގު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 1 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015