ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންގެ ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިތަކެއްޗަކީ މިނިސްޓްރީގެ ދަށުން ޤާއިމުކުރެވިފައިވާ 6 ބީ.ޑީ.އެސް.ސީ. ގެ ބޭނުންވާ ތަކެއްޗެވެ.
- ތިރީގައިމިވާ ސްޕެސިފިކޭޝަންގެ 6 ލެޕްޓޮޕް
Mobile optimized processor Intel® Core™ i3 Series or Equivalent 2.0 GHz, 3M Cache, Two (2) Cores |
Processor |
SATA support RAM upgradeable to 4GB Integrated sound capabilities |
Motherboard |
4 GB RAM DDR 2Dual Channel |
RAM |
500 GB |
Hard Disk Drive |
Internal or external 16x DVD Writer / Rewriter |
Optical Drive |
Graphic Adapter |
Video Interface |
10/100/1000Mbps Gigabit Ethernet, Integrated 802.11b/g |
Network Interface |
Three (3) USB 2.0 , One VGA port |
Input/ Output Ports |
QWERTY Keyboard |
Keyboard |
Built-in pointing device, Additional external mouse as an accessory |
Pointing Device |
Genuine OEM Microsoft Windows 8 Professional 32 or 64‐bit. Licence Key to be provided upon purchase. |
Operating System |
All drivers for the supplied operating system. |
Drivers |
Size = 14” widescreen XGA TFT active colour display Internal 1024x768 resolution External 1600x1200 resolution |
LCD |
Minimum 3 hours continuous use |
Battery |
Microsoft Office Standard 2013 Genuine. Licence Key to be provided upon purchase. |
Additional Software |
Laptop carrying bag |
Bag |
The power adapter should have a flat 3 pin plug compatible for the power sockets used in Maldives. If it is not, the vendor should provide a solution such as travel adapters at no additional cost. |
Power Adapter |
މިނިސްޓްރީން ބަލާނެ ކަންތައްތައް
- ހުށަހަޅާ އައިޓަމްތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ، މި ކަރުދާހުގައި ބަޔާންކޮށްފައިވާ ފެންވަރަށެވެ.
- ބިޑް އިވެލުއޭޓް ކުރާއިރު، ދިގުމުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް ތަޖުރިބާ ހުރި ފަރާތްތަކާއި، އަދި އާފްޓަރސޭލް ސަރވިސް/މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި، މި މިނިސްޓްރީގައި ޓެސްޓުކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެ އެއްޗެއް ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި މިނިސްޓްރީއަށް ހޯދައިދޭންވާނެއެވެ.
- ތަކެއްޗަށް އަގުދެވޭނީ ހުރިހާ އައިޓަމެއް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ.
- ހުށަހަޅާ އަންދާސީހިސާބު، 60 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން.
- ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
- ޑެލިވަރީ މުއްދަތު ހުންނަންވާނީ ދުވަހުންނެވެ.
- ވޮރަންޓީ މުއްދަތު ހުންނަންވާނީ މަހުގެ އަދަދުންނެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
60% |
|
(Benchmark Price / Submitted Price) x Allocated Percentage |
ޑެލިވަރީ ޕީރިއަޑް |
10% |
|
(Benchmark Delivery / Submitted Delivery) x Allocated Percentage |
ތަކެތީގެ ވޮރަންޓީ |
15% |
|
(Warranty Period / Bench Mark) x Allocated Percentage |
ސަރވިސް ވޮރަންޓީ |
10% |
|
(Warranty Period / Bench Mark) x Allocated Percentage |
ކޮމްޕެނީ ޕްރޮފައިލް |
5% |
|
2 Major questions (profile and experience) with 10 max points each =20, three members of BEC, Max marks attainable from questions=60 points. (Points attained/60)x allocated % |
- ބިޑް އިވެލުއޭޓް ކުރާނީ މި މިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
- ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު 30 ސެޕްޓެންބަރު 2015 ގެ 11:00 އަށް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 30 ސެޕްޓެންބަރު 2015 ގެ 11:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމުގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333155 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
26 ޛުލްޤަޢިދާ 1436