ދިވެހިރާއްޖެ
ކޭޓަރކޮށްދެއްވާނެެ ފަރާތެއް ހޯދުން
ތިރީގައި މިދަންނަވާ ގޮތުގެ މަތިން 150-200 ދެމެދުގެ އަދަދުގެ މީހުންނަށް ، ގޮނޑި/މޭޒާއެކު ރޭގަނޑުގެ ފަރިއްކޮޅެއް އިންތިޒާމުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ. (އިވެންޓް ކަލަރކޯޑާ އެއްގޮތަށް ގޮނޑިތަކާއި މޭޒު ފޮތިއަޅާފައި / ހޮވޭ ފަރާތަކަށް ކަލަރކޯޑް ހިއްސާ ކުރެވޭނެ)
ތާރީޚު: 08 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ ރޭގަނޑު
ގަޑި: 20:00 ރޭގަނޑު
ތަން: ނެޝަނަލް އާރޓް ގެލަރީ
އިތުރަށް ބޭނުންވާ ތަކެތި: 15 މޭޒު / ގޮނޑި ފޮތިއަޅައި ތައްޔާރުކުރުން
މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ، ރަސްމީ ދުވަސްދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހުގެ 16:00އާ ދެމެދު ނަންބަރު 3009211 ، 3009214 ފޯނާ ގުޅުއްވުން އެދެމެވެ.
- މާކްސް ދެވޭނެ މިންގަނޑު:
- އަގު: %40
- ތަޖުރިބާ: %30
- ކޮލިޓީ: %30
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފަންގިފިލާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި "ކޭޓަރކޮށް ދިނުން އެދި" މިހެން ޖައްސަވައިދެއްވުން އެދެމެވެ.
30 ޛުލްޤަޢިދާ 1436