މަސައްކަތް
ނަންބަރު: (IUL)334/334/2015/74
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 29 ސެޕްޓެންބަރު 2015 14:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާ ކުނިގޮނޑުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް 3ވަނަ ފަހަރު ފުރުޞަތު ހުޅުވާލުން

ކ.ހުރާ ކުނިގޮނޑުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް 3ވަނަ ފަހަރު ފުރުޞަތު ހުޅުވާލުން

ކ.ހުރާ ކުނިގޮނޑުގެ ވަށާފާރާއި ގޭޓް އަދި ކުނިކޮށީގެ ގޮޅިތައް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015ވަނަ ދުވަހުގެ 14:00ގެ ކުރިން ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުރާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 7979595 ނަންބަރު ފޯނުން މުޙައްމަދު ނަޡީފަށާއި، 6640074 ފޯނުން ޢާއިޝަތު ރަޟިއްޔާއަށެވެ.

އަދި ކުނިކޮށީގެ ޗާޓު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޛުލްޤަޢިދާ 1436

14 ސެޕްޓެންބަރު 2015