ދިވެހިރާއްޖެ
މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
މަޤާމު |
މެޑިކަލް އޮފިސަރ (ވޭޖް އެމްޕްލޯއިމަންޓް) |
||
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓީސަނަރސް |
ރޭންކް: CS12- 1 |
މުސާރަ |
ފަރުވާ ދެއްވާ ކޮންމެ ގަޑިއަކަށް -/200 (ދުއިސައްތަ) ރުފިޔާގެ ރޭޓުން، އުޖޫރަ ދެވޭނެއެވެ. |
||
މަސައްކަތް ކުރަންޖެހޭ ގަޑި |
ހަފްތާއަކު 6 ދުވަހު ކޮންމެ ދުވަހަކު 2 ގަޑިއިރަށް (އިތުރު އުޖޫރަ އަކާއި ނުލާ އެމެޖެންސީ ހާލަތްތަކުގައި ހާޒިރުވުން) |
||
ޑިޕާރޓްމަންޓް |
ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ |
||
މަސައްކަތް ކުރަންޖެހޭ ތަން/ސެކްޝަން |
ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ (ޏ.ފުވައްމުލައް) |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
ތަޢުލީމާއި ތަޖުރިބާ |
މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން. ނޯޓް: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހި ބޭފުޅުންނަށެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ. |
||
ސުންގަޑި |
29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީ (ގ. ގްރީންގެ) އަށް ހުށަހަޅަން ވާނެއެވެ. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީ (ގ.ގްރީންގެގެ ކޮންފަރެންސް ރޫމްގައެވެ. ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށްފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061އެވެ. ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިއެޖެންސީގެ ވެބްސައިޓް (www.nda.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. |