ބީލަން
ނަންބަރު: (IUL)353/353/2025/60
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 22:11
ސުންގަޑި: 21 ޖުލައި 2025 11:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ދިގުރަށު ކައުންސިލަށް ބޮބްކެޓް ((skid steer loader ހޯދުމާގުޅޭ

އިޢުލާން

 

އދ. ދިގުރަށު ކައުންސިލަށް ބޮބްކެޓް ((skid steer loader ހޯދުމާގުޅޭ

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ބޮބްކެޓެއް ވިއްކާނެ ފަރާތެއް ހޯދުމަށް، މިކައުންސިލުގެ ނަމްބަރ (IUL)353/353/2025/20  އިއުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތުތައް ބަދަލުވެފައިވާތީ އެ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ބިޑުތައް ބާތިލުކޮށް، ބޮބްކެޓެއް ވިއްކަން ޝައުގުވެރިވެލައްވާ ފަރާތްތަކުން އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

އދ ދިގުރަށު ކައުންސިލް އިދާރާ

ހޯމަ

14/07/2025

11:00

ބިޑް ހުށަހެޅުން

އދ ދިގުރަށު ކައުންސިލް އިދާރާ

ހޯމަ

21/07/2025

11:00

 

ނޯޓް: ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.

 އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 14 ޖުލައި 2025 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ކައުންސިލްގައި ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑްރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/250ރ އެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

                 11 މުޙައްރަމް 1447

                 06 ޖުލައި  2025      

 

 

 

                                                    އިބްރާހިމް އުޡްމާން

                                                    ކައުންސިލްގެ ރައީސް

 

 

 

 

 

 

 

06 ޖުލައި 2025