ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)290/290/2025/54
                    ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2025
                    ޕަބްލިޝްކުރި ގަޑި:  19:35
                                            ސުންގަޑި: 
                            24 ޖުލައި 2025 14:00
                        
                    
                މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ނ.މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުން
                                ނ. މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު(IUL)290/290/2025/22 އިޢުލާނާއި ގުޅިގެން ނ. މާފަރުން ބަންޑާރަ ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިޢުލާނާއިއެކު ޢާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.ވީމާ، އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން "ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލް ކޮށްގެނެވެ.
                06 ޖުލައި 2025