ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2025/066
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 19 ޖުލައި 2025 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރީޑިފައިން" ޕްރޮޖެކްޓްގެ ދަށުން ޕްރޮޕޯސަލް ހުށައެޅުން

ސިގްސް އިން ކުރިއަށް ގެންދާ "ރީޑިފައިން" ޕްރޮޖެކްޓުގެ ދަށުން، ކުޑަފަރީގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ގްރޫއްޕުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ސަޕޯޓިން ހޯމް ބޭސްޑް މައިކުރޯ ބިޒްނަސް ސްކީމްތަކުގައި ގައި މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުން އަދި ދެ ޖިންސުގެ ޒުވާނުންނަށް ޕްރޮޕޯސަލް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމު މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމު ޑައުންލޯޑުކޮށް [email protected]  އަށް އީމެއިލް މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ގެ ފިޒިކަލް ކޮޕީ ހުށައެޅުމުންނެވެ. ފިޒިކަލް އެޕްލިކޭޝަންތައް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ވަގުތު ކައުންސިލް އިދާރާއަށެވެ.

ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި: 19 ޖުލައި 2025.

އެޕްލިކޭޝަން މެޓީރިއަލްތަކުގެ ގޫގުލް ފޯލްޑަރ ލިންކް

އޮންލައިން އެޕްލިކޭޝަންތަކަށް ގޫގުލް ފޯމް ލިންކް:

·         ދިވެހި ފޯރމް

·         އިނގެރޭސި ފޯރމް

06 ޖުލައި 2025