ދިވެހިރާއްޖެ
ި އިދާރަގެ ނަމްބަރ: (IUL)259/2025/47 (07 މެއި 2025) ގެ އިއުލާނުގައި ވާގޮތައް ދޫކުރެވިފައިވާ ދަނޑުބިންތަކުގެ މަގުފަޅި ބައެއްފަރާތްތަކުން ސާފު ނުކުރާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. ވީމާ މިއަދުން ފެށިގެން 01 މަސް ދުވަހުގެ ތެރޭގައި ދަނޑާ އިންވެގެން ވާ ހުރިހާ މަގުތަކެއް ( ކައުންސިލުން ބަލަހައްޓާ ރަސްމީ މަގު ނުލައި) ސާފުކޮށްދެއްވުން އެދެމެވެ. މިގޮތުން ދަނޑާ އިންވެގެން މަގެއް ވާނަމަ (ކައުންސިލުން ބަލަހައްޓާ ރަސްމީ މަގު ނުލައި) އެމަގުގެ ދެބައިކުޅަ އެއްބައި ދަނޑުވެރިޔާ ސާފުކުރަންވާނެއެވެ.
01 ޖޫން 2025 ގައި ދަނޑުވެރިންނާއި މި ކައުންސިލާ ދެމެދުވެވިފައިވާ އެއްބަސްވުމުގައި ފާހަގަކުރެވިފައިވާ ދަނޑުބިން އޮތް ސަރަހައްދު ވަކިކުރަން ނޭނގޭ ފަރާތްތަކުން އެ ސަރަހައްދު ފާހަގަކުރަން ބޭނުންވާނަމަ ރަސްމީ ގަޑީގައި ކައުންސިލަށް ދުރުވުމުން ދަނޑު އޮތް ސަރަހައްދު ފާހަގަކޮށްދެވޭނެއެވެ.