ދިވެހިރާއްޖެ
މި އިދާރާގެ ނަމްބަރ: (IUL)259/2025/20 (20 ފެބުރުވަރީ 2025) ގެ އިއުލާނުން ޢާންމުކޮށްފައިވާ " ކުނިއުކާލުމާއި ކުނި ނައްތާލުމާއި އެކަންކަމަށް ފީ ނެގުމާބެހޭ އުސޫލު" މުރާޖާކޮށް އެ އުސޫލުއަލުން އިއުލާންކުރީމެވެ. އަދި މި އުސޫލުގައިވާގޮތަށް 01 އޮގަސްޓް 2025 ން ފެށިގެން ފީ ނެގޭނެ ވާހަކަދަންނަވަމެވެ. ވީމާ ކޮންމެ މަހެއްގެ ފީ އެމަހެއްގެ 10 ގެ ކުރިން ދައްކާ ހަލާސްކުރެއްވުން އެދެމެވެ. އެހެންނަމަވެސް އަމިއްލަޔަށް ކުނި އުކަން ބޭނުންވާ ފަރާތްތަކުން ކުރިޔަށް އޮތް މީލާދީ މަހުގެ ފީ ހިނގާ މަސް ނިމުމުގެ ކުރިން ދައްކަންވާނެއެވެ. މި ގޮތަށް ފީ ނުދައްކައިފިނަމަ އެ މަހެއްގައި އެ ފަރާތަކަށް އަމިއްލަޔަށް ކުނިކޮށްޓަށް ކުންޏެއް ނޫކޭނެއެވެ.
ކުނި އުކާލުމުގެ ޙިދުމަތް މިހާރުވެސް މި ޙިދުމަތް ދޭދުވަސްތަކުގައި ދެމުންގެންދާނެއެވެ. އަދި ފަޅުގޯތިތައް ނުވަތަ އިމާރާތް ކުރުމަށްފަހު ދިރިއުޅެން ނުފަށާ ގޯތިތަކުން މިހާރުވެސް ކުނި އުކާގަޑީގައި ކޮންމެ ހޯމަ ދުވަހެއްގައި ކުނި އުކައިދިނުމުގެ ޙިދުމަތް ދޭނެކަމުގައި ދަންނަވަމެވެ.
އިންޓަރނެޓް ބޭންކިންގް މެދުވެރިކޮށް ފީ ދައްކަވާނަމަ ތިރީގައި މިދަންނަވާ އެކައުންޓް ނަމްބަރަށް ފީ ދެއްކުމަށްފަހު ސުލިޕް 9631519 އަށް ވައިބަރ އިން ފޮނުވައިދެއްވުން އެދެމެވެ. ސުލިޕްގެ ރިމާކުސްގައި ގޭގެނަން އަދި ފީ ދައްކަނީ ކޮން މަހަކަށްކަން ޖެއްސެވުން އެދެމެވެ.
އެކައުންޓް ނަމްބަރ: 7706700422001
އެކައުންޓް ނަން: 1297 REVENUE 1
ވީމާ " ކުނިއުކާލުމާއި ކުނި ނައްތާލުމާއި އެކަންކަމަށް ފީ ނެގުމުގެ އުސޫލް" ގައި ވާގޮތައް ހުރިހާފަރާތްތަކުންވެސް އަމަލުކޮށްދެއްވުން އެދެމެވެ. އަދި ކުނިނެގުމުހެ ޙިދުމަތާ ގުޅޭ ގޮތުން ޝަކުވާއެއް ވާނަމަ މި އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޙަސަން ރަޝީދު 7467508 އަށް ގުޅުއްވުންއެދެމެވެ.