މަޤާމު
|
އެސިސްޓެންޓް ލައިބްރޭރިއަން
|
ބޭނުންވާ އަދަދު
|
1(އެކެއް)
|
މަޤާމުގެ ރޭންކް
|
ޖީ.އެސް. 4
|
މަޤާމުގެ ކްލެޝިފިކޭޝަން
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމްއޮތް އޮފީސް
|
ފ.މަގޫދޫ ސްކޫލް
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް
|
ފ.މަގޫދޫ ސްކޫލް/ ފ.މަގޫދޫ
|
ސެކްޝަން
|
އެޑްމިން
|
މުސާރަ
|
މަހަކު -/5,020 ރުފިޔާ
|
އެލަވަންސް
|
މަހަކު -/1,500 ރުފިޔާ
|
އިތުރު އިނާޔަތްތައް
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމުގެ ޝަރުޠު
|
- ލައިބްރަރީއާއި ގުޅޭދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
- ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކޮންމެ އަހަރެއް ނިމުމުން ލައިބްރަރީ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
- ނައްތައިލެވޭ ފޮތްތަކުގެ ރެކޯޑާއި، ހަލާކުވާފޮތްތަކުގެ ބަދަލްހޯދުމުގެ ކަންތައްތައް ހަމަޖެއްސުން
- ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން
- ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
- ޑިއުކާޑު ހަރުކުރުމާއި، ތަތްގަނޑުޖެހުމާއި، ޗެކްކުރި ކާޑްޖެހުން
- ލައިބްރަރީގައިވާ ފޮތްތައް ސާފުކޮށް ބެލެހެއްޓުން
- ލައިބްރަރީއަށް ދަރިވަރުން ޝައުޤުވެރިކުރުމަށް ތަން އިންތިޒާމްކުރުން
- ފޮތްތެރިކަމަށް ހިތްޖެހޭނެ ގޮތްތަކުގެ މަތިން ކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައްރާވައި، މުދައްރިސުންނާއި ސުޕަވައިޒަރުންގެ އެހީގައި ކުރިޔަށް ގެންދިޔުން.
- ލައިބްރަރީ ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި އެކަން ބެލެހެއްޓުން
- ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެ ދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި ފޯމް، މިސްކޫލް އޮފީހުންވެސް ލިބެން ހުންނާނެއެވެ.)
- ސިވިލްސާވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނުކުރާކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިއުން.
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރުބަލައި، ތަތްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ސާފުކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯންނަންބަރާއެކު)
|
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި
|
- މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިސްކޫލްގެ އޮފީހަށެވެ.
- ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުގެ 14:00 އެވެ.
|
އިންޓަވިއުކުރުން
|
- މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 05 ސެޕްޓެންބަރު 2015 ވަނަ ދުވަހު މިސްކޫލްގައެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރުބެލުމަށްފަހު، ސޯޓްލިސްޓް ކުރެވޭނެއެވެ.
- އިންޓަވިއު ކުރެވޭނީ ސޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
|
ނޯޓް
|
މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު، އޭގެތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން އިތުރުމަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުނ، މިސްކޫލްގެ 7952912 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
|