މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލަވަންސް:
|
-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
|
ޑިޕާޓްމަންޓް /ސެކްޝަން
|
ސީއީއޯ ބިއުރޯ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ސީއީއޯ ބިޔުރޯއިން ތައްޔާރުކުރަންޖެހޭ މަންތްލީ ރިޕޯޓުތައް އެކުލަވާލައި ފޮނުވަންޖެހޭ އިދާރާތަކަށް ގަވާއިދުން ފޮނުވުން.
- ސީއީއޯ ބިޔުރޯއިން ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ކޮމްޕިޔުޓަރއަށް އެންޓަރކޮށް ފައިލްކުރުން.
- އައި.ޖީ.އެމް.އެޗްއަށް އަންނަ ހުރިހާ ލިޔުމެއް ބަލައިގަނެ ގަވާއިދުން އެންޓްރީ ހަދާ އެންޓްރީކުރެވޭ ލިޔުންތަކުގެ ތަފުސީލާއި ޙަވާލުކުރެވޭ ފަރާތުގެ މަޢުލޫމާތުތައް ކޮމްޕިޔުޓަރއަށް ދުވަހުން ދުވަހަށް އެންޓަރކޮށް ސްޓޭޓަސް ބަލަންޖެހޭ ޑޮކިޔުމަންޓްސްތަކުގެ ސްޓޭޓަސް ގަވާއިދުން ބެލެހެއްޓުން.
- އީ ގަވަރމަންޓް މެދުވެރިކޮށް އަންނަ ލިޔުންތައް ބަލައިގަނެ އެންޓްރީ ކުރުން.
- ބިޔުރޯއިން ރާވާ އެކިއެކި ރަސްމީ ބައްދަލުވުން ތަކުގެ ސައިފޮދުގެ ކަންތައްތައް ރާވާހިންގުން.
- ބިޔުރޯއިން އެކި ފަރާތަށް ފޮނުވަންޖެހޭ ސިޓީއާއި އެނޫންވެސް މިފަދަ ލިޔުންތައް ޢިބާރާތްކޮށް ޓައިޕްކޮށް ފުނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.
- ބިޔުރޯއިން ފައިލްކުރަންޖެހޭ ތަކެތި ފައިލްކުރުމުގައި އެހީތެރިވެދިނުން.
- އެއަރޕޯރޓް އިމަރޖެންސީފަދަ އައި.ޖީ.އެމް ހޮސްޕިޓަލަށް ދިމާވާ އިމަރޖެންސީ ޙާލަތްތަކުގައި ސީއީއޯގެ ލަފާފުޅުގެމަތިން ޙަރަކާތްތެރިވުން.
- ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތް ރަނގަޅުކޮށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުންދިނުން.
|
ތަޢުލީމާއި ތަޖުރިބާ:
|
- އޮފީސް މެނޭޖްމަންޓް ނުވަތަ އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އޮފީސް މެނޭޖްމަންޓް ނުވަތަ އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.
|
މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް އަދި ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅުއްވަންވާނެވެ.
- ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓު ހުށަހަޅުއްވަން ވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ވަނަވަރުގައި ގުޅޭނެ ފޯންނަންބަރު އޮންނަށް ވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މިލިޔުމުގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްއިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
އިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ފޯމު ބަލައިގަތުމާއި ދޫކުރުން
|
14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30ން މެންދުރުފަހު 14.30އަށް
|
ސުންގަޑި
|
30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14.30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
އަދި 30 ސެޕްޓެންބަރު 2015 ބުދަ ދުވަހުގެ 14.30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި
|
އިތުރު މައުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234، 3335343 އެވެ.
|