ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-PS/88/2025/337
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 21:46
ސުންގަޑި: 03 ސެޕްޓެންބަރު 2025 00:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ (ހއ) ކެލާ ފަޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވުނު ބީލަން ބާޠިލްކުރުން.

މިވުޒާރާގެ ނަންބަރު (IUL)88-LS/88/2025/331 (29 ޖޫން 2025) އިޢުލާނާ ޙަވާލާދީ ދަންނަވަމަވެ.

ފަތުރުވެރިކަން މިހާތަނަށް ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ތިލަދުންމަތި އުތުރުބުރި (ހއ)، ތިލަދުންމަތި ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ ސިޓީ (ސ) ގައި ރިޒޯޓު ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 24 (ސައުވީސް) މަސް ދުވަހުގެ މުއްދަތަށް ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން، އެ ލުއިތަށްދީ އަލުން އިޢުލާންކުރުމަށް، ތިލަދުންމަތީ އުތުރުބުރީ (ހއ) ކެލާފަޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް މި މިވުޒާރާގެ ނަންބަރު (IUL)88-PS/88/2025/97  (31 މާރިޗު 2025) އިޢުލާނުން ހުޅުވާލެވުނު ބީލަން ބާޠިލް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

03 ޖުލައި 2025