ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2025/83
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:32
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ލ. ގަމުން މަހާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށް B2, B1 ނަންބަރު" ބިންތަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނު (IUL)399-CA/399/2025/13)) ބާތިލް ކުރުން

ލ. ގަމުން މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށާއި މިފަދަ މަސައްކަތްތަކަށް B1 B2, ނަންބަރު" ބިންތަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް 05 ފެބްރުއަރީ 2025 ވަނަ ދުވަހުގައި ކުރެވުނު އިޢުލާނު ( (IUL)399-CA/399/2025/13) ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި އިޢުލާނު ބާތިލް ކުރަން ޖެހުނު ސަބަބަކީ ކައުންސިލްގެ ޖަލްސާ ނަންބަރ: (އޖ/ 41/04/2023 05 ސެޕްޓެމްބަރ 2023) އިން ޕޯލްޓްރީ ފާރމިން އަށާއި، މަސްކައްކާ ހިއްކުމަށް ރަށުން ދޫކުރާ ބިމުކުލީގެ ފެށޭއަގަކީ އަކަފޫޓަކަށް 15 ލާރި ކަމަށް ނިންމާފާވާތީއާއި، 05 ފެބްރުއަރީ 2025 ގައި ލ. ގަމުން މަހާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށް B2, B1 ނަންބަރު ބިންތަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނުގެ މަޢުލޫމާތު ކަރުދާހުގައި ކައުންސިލުން ނިންމާފައިވާގޮތަށް ފެށޭ އަގަކީ އަކަފޫޓަކަށް 15 ލާރިކަން ހިމެނިފައިނުވާތީއެވެ. ވުމާއެކު ކައުންސިލުން ނިންމާފައިވާ ގޮތަށް މަޢުލޫމާތު ކަރުދާސް އިސްލާޙް ކުރުމަށްފަހު މި ބިންތައް ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

03 ޖުލައި 2025