މަސައްކަތް
ނަންބަރު: (IUL)345-CAA/345/2015/1025
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 28 ސެޕްޓެންބަރު 2015 10:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި ކުނިކޮށީގައި ފެންސް ޖެހުމާގުޅޭ

އއ. މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި ކުނިކޮށީގައި ފެންސް ޖެހުމާގުޅޭ:

އއ. މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި ކުނިކޮށީގައި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 10:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ. މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި ކުނިކޮށީގައި ފެންސް ޖެހުމަށް އެދި" މިހެން ލިޔެފައެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

25 ޛުލްޤަޢިދާ 2015               

09 ސެޕްޓެންބަރު 2015