ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވިލުފުށީ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ބައެއް ތަކެތި ހޯދުން:
1. "އިންޑިއަން ގްރާންޓް އެސިސްޓެންސް ފޮރ އިމްޕްލިމެންޓޭޝަން އޮފް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވޮލަޕްމަންޓް ޕްރޮޖެކްޓްސް (HICDPs)" ގެ ދަށުން ވިލުފުށީ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މިބީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ ގެ އުސޫލުންނެވެ.
3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 ޖުލައި 01 ން 2025 ޖުލައި 09 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.moe.gov.mv/
4. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން 2025 ޖުލައި 01 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
5. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2025ޖުލައި09ވާ ހޯމަ ދުވަހުގެކުރިން، 7 ވަނަ ނަންބަރުގައިވާ އީމެއިލް އެޑްރެހަށެވެ.
6. ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 15 ވާ އާދިއްތަ ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 01 ގައެވެ.
7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން:304 1242,304 1249
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.moe.gov.mv/