ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ދިދަ ދަނޑި އަދި ދިދަ ބުޑު ތައްޔާރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖުލައި 2025 ވަނަ ދުވަހުގެ 13:30 ގެކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު،[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ދިދަ ދަނޑި އަދި ދިދަ ބުޑު ތައްޔާރުކުރުމުގެ މަސައްކަތްކުރުން" މިހެން ލިޔެ އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބިޑް މަރުހަލާތައް ތާރީޚް ދުވަސް ގަޑި ތަން
މަޢުލޫމާތު ދިނުން: 10 ޖުލައި 2025 | ބުރާސްފަތި | 11:00 | އަތޮޅު ކައުންސިލްގެ ސެމިނަރ ރޫމް
ބިޑް ހުށަހެޅުން: 22 ޖުލައި 2025 | އަންގާރަ | 11:00 | އަތޮޅު ކައުންސިލްގެ ސެމިނަރ ރޫމް
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
____________________________________________________
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: [email protected]