ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަށް ލާޒިމްކޮށްފައިވާ، މަސައްކަތުގެ ތަޢުލީމާއި ތަމްރީންދޭ ފަރާތްތަކާއި އިމްތިހާނުދޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމަށްޓަކައި ރާއްޖޭގައި މަސައްކަތްތެރި ހުނަރުވެރިން ތިބި މިންވަރު ބެލުމަށް އެއޮތޯރިޓީން ދަނީ ސާރވޭ އެއް ކުރަމުންނެވެ.
ވީމާ، މިރަށުގައި ތިއްބެވި ހުނަރުވެރިކަމުގެ މަސައްކަތުގެ ތަޢުލީމާއި ފަންނީ ހުނަރުވެރި ފަރާތްތަކުން، 2025 ޖުލައި 10ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިއެވާ ގޫގަލް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. މިއިޢުލާނާއިއެކު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައްޔާރުކޮށްފައިވާ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކުގެ ލިސްޓް ޢާންމުކުރީމެވެ.
ފޯމުގެ ލިންކް: https://forms.gle/G2QMGeuafL9fF4SH9