ދިވެހިރާއްޖެ
`
ހިންމަފުށީ ސްކޫލު
ކ.ހިންމަފުށި، ދިވެހިރާއްޖެ
ނަންބަރު:GS141/IUL/2025/13
ހިންމަފުށި ސުކޫލްގެ ހޯލްއިމާރާތުގެ ކުލާސްރޫމް ޕާޓްޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ސްކޫލުގެ ހޯލްއިމާރާތުގެ ކުލާސްރޫމް ޕާޓްޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09 ޖުލައި 2025 ދުވަހުގެ 11:00 ގެ ކުރިން މި ސްކޫލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުން އެކަންޏެވެ.
ރަޖިސްޓްރީ ލިންކް: https://forms.gle/Fena8MTfhpZfe5Dy8
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖުލައި 2025 ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އަންދާސީ ހިސާބާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ޖުލައި 2025