މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2015/39
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 14 ސެޕްޓެންބަރު 2015 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީޑަރޝިޕް ޓްރޭނިންގ އާއި ލައިފް ސްކިލްސް ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް

މި އޮފީހުގެ މުވައްޒަފުންނަށް ލީޑަރޝިޕް ޓްރޭނިންގ އާއި ލައިފް ސްކިލްސް ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު IUL)7-ADMN/1/2015/24)ފ(12 މޭ 2015) އިޢުލާނާ ގުޅިގެން ތިންފަރާތަކުން އަންދާސީހިސާބުގެ ޝަރުޠު ހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 1 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި ދެންނެވުނު ޓްރޭނިންގތަކާއި މި ބިޑާބެހޭ އިތުރު މަޢުލޫމާތު ތިރީގައިމިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.audit.gov.mv/en/media/ago-announcements/procurement-announcements/

10 ސެޕްޓެންބަރު 2015