މަސައްކަތް
ނަންބަރު: (IUL)391/391/2025/59
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 20:24
ސުންގަޑި: 02 ޖުލައި 2025 22:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަރަމެންޓް ޕްރޮޖެކްޓްއާއި ތިމަރަފުށި ކައުންސިލް ގުޅިގެން ރަށުގެ ކުނީގެ ހާލަތުބެލުމަށް ހިންގާ ސަރވޭގެ އެންމެހައި ޚަރަދުތައް ހަމަޖެއްސުމާއި ގުޅޭ

އިޢުލާނު

މޯލްޑިވްސް ކްލީން އެންވަރަމެންޓް ޕްރޮޖެކްޓްއާއި ތިމަރަފުށި ކައުންސިލް ގުޅިގެން ރަށުގެ ކުނީގެ ހާލަތުބެލުމަށް ހިންގާ ސަރވޭގެ އެންމެހައި ޚަރަދުތައް ހަމަޖެއްސުމާއި ގުޅޭ

މޯލްޑިވްސް ކްލީން އެންވަރަމެންޓް ޕްރޮޖެކްޓްއާއި ތިމަރަފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ތިމަރަފުށީގެ ކުނީގެ ހާލަތު ބެލުމަށް "ދޮރުން ދޮރަށް" ސާރވޭ ޕްރޮގްރާމެއް ހިންގުމަށްޓަކައި ރަށުގެ އާންމު ފަރުދުންގެ ތެރެއިން 14 ފަރާތަކަށް މި ސާރވޭ ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

އިތުރު މަޢުލޫމާތު

  • މިސާރވޭގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރެއްވުމަށް ، ފުރިހަމަ ނަމާއި، އެޑްރެސް، އައިޑީކާޑް ނަމްބަރ، ފޯނު ނަމްބަރ އަދި އީމެއިލްގެ ސަބްޖެކްޓެއްގެ ގޮތުގައި “MCEP SURVEY 2025” ޖެއްސެވުމަށްފަހު މިކައުންސިލް އިދާރާގެ މެއިލް އެޑްރެސް [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ.
  • މި ސާރވޭގެ ނަން ނޯޓް ކުރެއްވުމުގެ ސުންގަޑިއަކީ 2 ޖުލައި 2025 ވާ ބުދަދުވަހުގެ 22:00 ގެ ކުރިންނެވެ.
  • މިސާރވޭ ގައި ކުރިން ނަން ނޯޓްކުރައްވާ ތަރުތީބުން، އެންމެ ފަހުން ޖީ. ސީ. އީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މި ސާރވޭގައި 18  އަހަރުން ދަށުގެ ކުދިން ބައިވެރިވާނަމަ އެ ފަރާތެއްގެ ބެލެނިވެރިއެއްގެ އިއުތިރާޟެއް ނެތް ކަމުގެ ސިޓީ އެއް ހުށަހަޅަންވާނެއެވެ.
  • މި ސާރވޭ ގައި ބައިވެރިވެލައްވާ ފަރާތްތަކަށް ކޮންމެ ދުވަހަކަށް 200 ރުފިޔާގެ އެލަވަންސް އެއް ދެވޭނެއެވެ.
  • ·         ސާރވޭ ކުރިއަށް ދާނީ 03 ޖުލައި 2025 ވަނަ ދުވަހާއި 05 ޖުލައި 2025 ވަނަ ދުވަހުއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި ކައުންސިލްގެ އ.ކައުންސިލް އެގްޒެކެޓިވް، މުއައްދު އާދަމް 9805010 އާ ގުޅުއްވުން އެދެމެވެ.
02 ޖުލައި 2025