މުބާރާތް
ނަންބަރު: (IUL)419-CAA/419/2025/79
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި: 17 ޖުލައި 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ޖުލައި 26 - އަންޑަރ 13 ފުޓްސަލް ކަޕް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާގައި ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ " ޖުލައި 26 – އަންޑަރ 13 ފުޓްސަލް ކަޕް" މިއަހަރު ވެސް ބޭއްވުމަށް ކައުންސިލުން މިދަނީ ތައްޔާރީތައް ވަމުންނެވެ.

މިއަހަރަކީ ގައްދޫ ކައުންސިލުން އެކި ދާއިރާގައި ކުޅިވަރުގެ މުބާރާތްތައް ބޭއްވުމަށް ރާވާފައިވާ އަހަރެކެވެ. އެގޮތުން ގިނަ ކުޅިވަރުތަކަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ކުޅިވަރުތަކަށް ވާއިރު، ގިނަ ފަހަރު ކުޑަކުދީންނަށް މުބާރާތެއްގައި ކުޅެ އެކުދީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ނުލިބެއެވެ. ގައްދޫ ކައުންސިލުން 13 އަހަރުން ދަށަށް މި މުބާރާތް ހުޅުވާލުމުގެ މައިގަނޑު މަޤުސަދަކީ ވެސް މިއީއެވެ. ކައުންސިލުން ޤަބޫލުކުރާ ގޮތުގައި މިއީ މި ޢުމުރުގެ ކުދިންގެ މެދުގައި ފުޓްސަލް ދިރުވައި، ކުޅިވަރުގެ ރޫޙު އާލާކުރުމަށް ކުރިޔަށްގެންދެވޭ މުޙިއްމު ޙަރަކާތެކެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭ ގޮތަށެވެ. ދެ ޑިވިޝަންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އަހަރުން ދަށުގެ ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިގެންނެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް ގިނަވެގެން 10 ކުޅުންތެރިން އަދި މަދުވެގެން 8 ކުޅުންތެރިން ޓީމު ލިސްޓްގައި ޖަހަންވާނެއެވެ. މި މުބާރާތް ކުރިއަށް ގެންދާނީ ފުޓްސަލް ގަވާއިދަށެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 9120126/7931318 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

02 ޖުލައި 2025