މަސައްކަތް
ނަންބަރު: PRC-MPL/IUL/2025/91
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 17 ޖުލައި 2025 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓް ބިލްޑިންގ ޓެރަސްގައި 2500 ލީޓަރގެ ކަޅުހަމެއް ބަހައްޓައި، މި އިމާރާތަށް ފެންފޯރުކޮށްދޭ ނިޒާމާއި ގުޅުމާއި، އޮޓަމެޓިކް ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލުން

  1.    ބީލަމާއި ބެހޭ މަޢުލޫމާތު: 

ޕޯސްޓް ބިލްޑިންގ ޓެރަސްގައި 2500 ލީޓަރގެ ކަޅުހަމެއް ބަހައްޓައި، މި އިމާރާތަށް ފެންފޯރުކޮށްދޭ ނިޒާމާއި ގުޅުމާއި، ފެންޓޭންކު ފުރުމުން ކެނޑޭނެގޮތަށް އޮޓޯ-ސްވިޗް ސިސްޓަމެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2025/75 (28 މެއި 2025)ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމާއި ލިބިފައިވާ ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ މި ދެންނެވި އިޢުލާނު ބާތިލްކޮށް ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރެފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި  ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ. 

 

ޕްރީ-ބިޑް މީޓިންގ:

ތާރީޚް:

09 ޖުލައި 2025

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ

ގަޑި:

14:00

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

17 ޖުލައި 2025

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ

ގަޑި:

14:00

 

2- ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009293 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]
02 ޖުލައި 2025