ދިވެހިރާއްޖެ
ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އެސް.ޓީ.އޯ 9 ނަންބަރު ކޮށީ (ކުރިން އަސަރީ ހިންގި އިމާރާތުގެ ގޯތީ) ގައި ތިރީގައި މިދަންނަވާ ބައެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ.
- 2 ފާޚާނާ ތަޅައި ތަން ސާފުކުރުން
- 2 ކޮންޓެއިނަރގެ އެތެރޭގައި ފިލާޖަހައި މަރާމާތުކުރުމާއި ހިޔާކުރުން
- ގޭޓް މަރާމާތު ކުރުން
- އިތުރު ބައެއް ކުދި މަރާމާތު
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
17 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
28 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
26 ޛުލްޤަޢިދާ 1436