މަސައްކަތް
ނަންބަރު: (IUL) PSM-FP/PSM/2015/108
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 14 ސެޕްޓެންބަރު 2015 10:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު: PSM-ECM/2015/9  

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ޕަބްލިކް ސާރވިސް މީޑިއާއަށް މާރކެޓިން ކޮންސެޕްޓް މެޓީރިއަލް ހެދުމާއި މާރކެޓިން ސްޓްރެޓެޖީސް ހަދައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތުޝީޓު 14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 ން ފެށިގެން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އާ ހަމައަށް މިކުންފުނީގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އާއި، ޓީވީ ބިލްޑިންގ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތުގައިވާ ކަންކަން ފުރިހަމަކޮށް 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015