ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2025/36
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 09 ޖުލައި 2025 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ (ގްރޭޑް 1)

މަޤާމް:        ޑިރެކްޓަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:     01 (އެކެއް)

މުސާރަ:        -/13,684 ރުފިޔާ

ލިވިންގ އެލަވަންސް:    -/3,000 ރުފިޔާ

ރިސްކް އެލަވަންސް:     -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- ދަޢުވާ ފޯމްތަކާ ސިޓީތައް ނެގުމުގެ މަސައްކަތާއި، ލިބޭ އެންޓްރީ އާއި ގުޅުންހުރި މަސައްކަތްތަކާއި، ޑިސްޕެޗިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، އެމަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

2- ހަވާލުކުރެވޭ މައްސަލަތަށް އަދި އެންޓްރީތައް ނިންމާތޯ ބަލާ ޗެކްކުރުން.

3- ސެކްޝަނަށް ލިބޭ މައްސަލަތަކާއި، އެންޓްރީތައް ބަލައިގަތުމާއި، ސެކްޝަނަށް ލިބޭ މައްސަލަތައް ކޭޝް އެންޓްރީއަށް ނެގުމާއި، މައްސަލަތަކަށް ނަންބަރު ދިނުމާއި، މައްސަލަތަކުގައި އަޅާ ފިޔަވަޅުތައް ޤަޟިއްޔާ ފޮތަށް ނެގުން.

4- އެންޓްރީ ލިބުމުން، (ކޯޓުތަކުންނާ ސަރުކާރުގެ އިދާރާތަކުން ލިބޭ ލިޔުންތައް، ފޯމު، އަމިއްލަ ފަރާތްތަކުގެ ސިޓީތައް) ލިޔުންތަކާއި ގުޅުންހުރި މައްސަލައިގެ ފައިލް ހޯދުމަށް ޙަވާލުކުރުން.

5- ޕްރޮސިކިއުޓަރުން ޖަވާބު ތައްޔާރުކުރެއްވުމަށްފަހު ފައިލް ޙަވާލުކުރެއްވުމުން، ފޯމުތަކާއި ސިޓީތައް ނެގުމަށާއި، ލިޔުންތައް ޑިސްޕެޗް ކުރުމަށް މުވައްޒަފުންނާއި ހަވާލުކުރުން.

6- ލިބޭ ރިމާކްސްއަށް ބެލުމަށްފަހު، އަލުން އިސްލާހު ކުރަން ޖެހޭ ލިޔުންތައް، ފައިލާއެކު ޕްރޮސިކިއުޓަރުންނާ ޙަވާލުކުރުން.

7- ކޯޓުތަކުން ނިންމާ މައްސަލަތަކާ ގުޅޭގޮތުން ލިބޭ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޤަޟިއްޔާ ފޮތަށް ނެގުމާއި، ލިބޭ ރިޕޯޓްތައް ޕްރޮސިކިއުޓަރުންނާ ޙަވާލުކުރަން މުވައްޒަފުންނާއި ހަވާލުކުރުން.

8- މައްސަލަތައް ނިމުމުން މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ސިސްޓަމުން ނެގުމާއި، ޑިސްޕެޗްކުރުމާއި، ފޮތަށް ނެގުމަށް މުވައްޒަފުންނާއި ހަވާލުކުރުން.

9- ނިމޭ މައްސަލަތަކުގައި، މައްސަލައިގެ ފައިލް ޗެކު ކުރުމާއި، އެމައްސަލަތަކުގެ ތަފްސީލް ބެލެހެއްޓުމާއި، އާކައިވް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް ޙަވާލުކުރުން.

10- މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު، ރެކޯޑްސް އެންޑް ސްޓެޓިސްޓިކްސް ސެކްޝަނަށް ފޮނުވުން. 

11- ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުގެ ތަފާސް ހިސާބު ތައްޔާރުކޮށް އެޑްމިން ސެކްޝަނަށް ފޮނުވުން.

12- ގޮފިތަކުގެ ސަޕޯޓް ސްޓާފުންގެ މަސައްކަތްބަލައި ކުރިއަށް ގެންދިއުން.

13- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.

14- ސަޕޯޓް މުވައްޒަފުންގެ އެޕްރެއިޒަލް މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އިސްމަޤާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ؛ ނުވަތަ

މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ޑެޕިއުޓީ ޑިރެކްޓަރ ގްރޭޑް 2 ގެ ކްލެސިފިކޭޝަންގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 9 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 އިން 24 ޖުލައި 2025 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

07 މުޙައްރަމް 1447

 

02 ޖުލައި 2025