ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/47 (30 މޭ 2025) އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ. މި ބަދަލާއި ގުޅިގެން މިނިސްޓްރީ ގެ ނަންބަރު (IUL)491/491/2025/46 (29 މޭ 2025) އިޢުލާނުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 2025 މޭ 30 ވީ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ވަނީ ގުރުނެގުން ބާއްވާފައެވެ.
ދެންނެވުނު ބަދަލާއި ގުޅިގެން، ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާޠިލް ކުރެވި އަދި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އުވިގެންގޮސްފައިވާތީ، މި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/49 (2 ޖޫން 2025) އިޢުލާނުން ގެޒެޓުގައި ޢާންމުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކަށް އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.
އެހެންކަމުން، 2025 ޖުލައި 01 ވާ އަންގާރަ ދުވަހު (މިއަދު) ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން، ކޮންމެ ގަޑިއަކަށްވެސް އެޕޮއިންޓްމަންޓްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ފަރާތްތަކަށް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި 2025 ޖުލައި 07 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރުމަށް ކަނޑައަޅާފައިވާކަން ދަންނަވަމެވެ.
އެޕޮއިންޓްމަންޓްއަށް އެދިލައްވާއިރު އަންނަނިވި ލިޔެކިޔުންތައް "ހިޔާވެހި ޕޯޓަލް" އަށް ހުށަހެޅުމަށް ދަންނަވަމެވެ.
- އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ 01 (އެކެއް) ފަރާތުގެ އައިޑީ ކާޑު ކޮޕީ.
- ގޯތިލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ. (ޕަވަރ އޮފް އެޓަރނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުންނެވެ.)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.
މިގޮތުން، ގޯތި ލިބޭ ފަރާތުން "ހިޔާވެހި ޕޯޓަލް" އިން އެޕޮއިންޓްމަންޓްއަށް އެދި އިޚްތިޔާރުކޮށްފައިވާ ތާރީޚާއި ގަޑިއަށް ރިޢާޔަތްކޮށް، މިނިސްޓްރީއިން އަންގާ ތަނަށް ވަޑައިގަތުމުން އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ޙަވާލުކުރެވޭނެކަމުގައި ދެންނެވީމެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 05 (ފަހެއް) މިނެޓް ފަހުން ޙާޟިރުވާ ފަރާތް/ފަރާތްތަކާއި އަދި ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްކުރެވިގެންދާނެއެވެ. އެ ޙާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެކަމުގައި ދެންނެވީމެވެ.
އެހެންކަމުން، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚާއި ގަޑީގައި ތިރީގައިވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީއިން އަންގާ ތަނަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.
- ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.
- ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު. (ޕަވަރ އޮފް އެޓަރނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ނޮޓަރީ ސެޓްފިކޭޓްގެ އަސްލު ހިފައިގެން ވަޑައިގަތުމުންނެވެ.)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ އަސްލު.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ އަސްލު.
އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" އާއި ޙަވާލުވުމަށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.