ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2025/162
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:20
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ 18 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

 

އިޢުލާން

ތާރީޚް: 01 ޖުލައި 2025

ނަންބަރ: (IUL)327-A/327/2025/162

              ބިޑުކޮމެޓީގެ ނިންމުން ޢާންމުކުރުން      

                        

ތިރީގައި އެވަނީ 30 ޖޫން 2025 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2025 ވަނަ އަހަރުގެ 18 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

  1. ޅ. ނައިފަރު ފުޓްސަލް ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ބްރިލިއެންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ލިޔެކިއުންތަކާއި ގުޅިގެން، ވިއްސާރަވެގެން މަސައްކަތް ނުކުރެވިދިޔަ ދުވަހަށް އެއްދުވަސް އިތުރުކޮށް އެއްބަސްވުމަށް ބަދަލްގެންނަން ފެންނަކަމަށް ނިންމުން.
  2. ނައިފަރު ކައުންސިލްގެ އައު އިމާރާތުގައި ހަރުކުރުމަށް ޑިސްޓްރިބިއުޝަން ޕެނަލް ބޯޑެއް ޑިޒައިންކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)327-A/327/2025/137 އިޢުލާނާއި ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެންމެ މަތިން މާކްސް ލިބިފައިވާ އެޗް ވޯކްސްއަށް މި ބީލަން އެވަރޑް ކުރަން ފެންނަކަމަށް ނިންމުން.
  3.  ޅ.ނައިފަރުން ވަގުތީ ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)327- A/327/2025/120  އިޢުލާނާއި ގުޅިގެން، މަޢުލޫމާތުކަރުދާހުގައިވާ ގޮތަށް މި ބިން 2 އަހަރުގެ މުއްދަތަށް، އިވެލުއޭޝަން އިން އެންމެ މަތިން މާކްސް ލިބިފައިވާ ޢަބްދުލް ޙަމީދު މުޙައްމަދަށް އެވަރޑް ކުރަން ފެންނަކަމަށް ނިންމުން.
  4. އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި އުތުރު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)327-A/327/2025/106 އިޢުލާން އިސްލާޙްކޮށް އަލުން އިޢުލާން ކުރުމާއިގުޅިގެން، ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއިއެކު މި މައްސަލައަށް ގޮތެއް ނިންމުމަށް ކުރިއަށް އޮތް ބިޑްކޮމެޓީ ޖަލްސާއަށް އެޖެންޑާ ކުރަން ފެންނަކަމަށް ނިންމުން.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޖުލައި 2025