ޢާންމު މަޢުލޫމާތު
ނަންބަރު: IL-ADM/2015/58
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:08
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ބަންދު

އަޟްޙާ ޢީދު ބަންދު

1436 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި 20 ސެޕްޓެންބަރު 2015 އިން 24 ސެޕްޓެންބަރު 2015 އަށް ސަރުކާރު ބަންދު ކުރުމަށް ހަަމަޖެއްސެވުމާއިގުޅިގެން 21 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހަކީ އެމްއެމްއޭ އިން ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ހުޅުވިފައި ހުންނާާނެ ދުވަހެއްގެ ގޮތުގައި ހަމަޖައްސައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރު 14:00 އަށް.

ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 3:00 އަށް.

26 ޛުލްޤަޢިދާ 1436 ހ.

10 ސެޕްޓެންބަރު 2015