ބީލަން
ނަންބަރު: (IUL)22-PU/22/2025/154
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 07 ޖުލައި 2025 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޢިއްޒުއްދީން އިމާރާތުގައި ވޯލް ޕެނަލް ޖަހާދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ޢިއްޒުއްދީން އިމާރާތުގައި ވޯލް ޕެނަލް ޖަހާދޭނެ ފަރާތެއް ހޯދުން:

1. ޢިއްޒުއްދީން އިމާރާތުގެ 3 ވަނަ ފަންގިފިލާގައި ވޯލް ޕެނަލް ޖަހާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 ޖުލައި 01 ން 2025 ޖުލައި 07 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

4. މި ބީލަމާ ގުޅޭގޮތުން ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2025 ޖުލައި 08ވާ  އަންގާރަ ދުވަހުގެ  14:30 ގައި ޢިއްޒުއްދީން އިމާރާތް (މާލެ) ގައެވެ.

5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޖުލައި 09ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

6. ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 13 ވަނަ ދުވަހުގެ 09:30 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.

7. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv  އިން 2025 ޖުލައި 01 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

8. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:     3041242 / 3041249

އީ-މެއިލް: [email protected]

ކޮޕީ-މެއިލް:  [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

 

01 ޖުލައި 2025