ދިވެހިރާއްޖެ
ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހައި ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި ޢަމަލްކުރާނެ ގޮތުގެ އުޞޫލު- އެއްވަނަ އިޞްލާޙް
ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހައި ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި ޢަމަލްކުރާނެ ގޮތުގެ އުޞޫލަށް ވަނީ އެއްވަނަ އިސްލާހު ގެނެވިފައެވެ. އެ ގޮތުން ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހައި ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި ޢަމަލްކުރާނެ ގޮތުގެ އުޞޫލަގެ 10 ވަނަ މާއްދާގެ 10.1، 10.1.2އިސްލާޙު ގެނެވި އަދި 22 ވަނަ މާއްޔަށް 22.2 އިތުރުކުރެވިފައިވެއެވެ. ގެނެވުނު އިސްލާހުތައް ތިރީގައި އެ ވަނީއެވެ.
10. ބިމުގައި މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމާއި އިމާރާތްކުރުން:
10.1 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގައި ކުރަން ގަސްތުކޮށްފައިވާ މަސައްކަތް ފެށުމުގެ ކުރިން ކުރަންހުރި މަސައްކަތްތައް ކުރުމަށް އިމާރާތްކުރުމުގެ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ގޮތުގައި 06 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ގްރޭސް ޕީރިއަޑްގެ މުއްދަތުގައި އެޑްވާންސް ޕޭމަންޓްގެ އިތުރުން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެއެވެ.
10.1.1 މިމުއްދަތުގައި ބިމުގައި ކުރުމަށް ގަސްތުކުރާ މަސައްކަތުގެ ޢަމަލީ މަސައްކަތް ނުފަށައިފިނަމަ، ބިން ބާތިލްކުރުމުގެ ބާރާއި އިޙްތިޔާރު ބިން ކުއްޔަށްދޫކުރާ ފަރާތަށް ލިބިގެންވެއެވެ.
10.1.2 (10.1) ގައި ވާ މުއްދަތު ހަމަވުމަށްފަހު ބިމުކުލީގެ ގޮތުގައިމުޅި ބިމަށްވާ ކުލި ނެގޭނެއެވެ.
22. އުޞޫލަށް އަމަލު ކުރަންފެށުން:
22.1 މިއުޞޫލަށް އަމަލު ކުރަންފަށާނީ، މި އުޞޫލް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
22.2 މިއުސޫލުގެ ދަށުން ކައުންސިލްގެ 04 ވަނަ ދައުރުގެ 220 ވަނަ އާންމުޖަލްސާއިން ގެނެވުނު އިސްލާޙުތަކަށް އަމަލު ކުރެވިގެންދާނީ މިއުސޫލްގެ ދަށުން ކުރިން ދޫކުރެވިފައިވާ ބިންތަކަށާއި އަލަށް ދޫކުރެވޭ ބިންތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
06 މުޙައްރަމް 1447
01 ޖުލައި 2025