ޢާންމު މަޢުލޫމާތު
ނަންބަރު: 385/215/4/25/2025
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 10:23
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 215 ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 215 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 18 ޖޫން 2025 ، ބުދަ
22 ޛުލްޙިއްޖާ 1446
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 11 ޖޫން 2025 އިން 17 ޖޫން 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައި ބިންތައް ދޫކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރުން
- 4 ވަނަ ދައުރުގެ 2025/25/4/215/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 11 ޖޫން 2025 އިން 17 ޖޫން 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ބަނދަރު ސަރަޙައްދުން އެކި ބާވަތުގެ ވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ދޫކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ރަށުގެ ބަނދަރު ސަރަޙައްދުން ދޫކުރެވޭ ބިންތަކުގެ އެންމެ ކުޑަ އަގަކީ ބިމުގެ އަކަފޫޓަކަށް 70/- ( ހަތްދިހަ ލާރި ) ކަމުގައި ކަނޑައަޅައި، އަދި މި ރަށުން ކުއްޔަށް ބިން ދޫކުރުމުގައި ރަށުގެ ރަށްވެހިންނަށް އިސްކަން ދިނުމަށްވެސް މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އަދި މި ޖަލްސާގައި ނިންމަވާފައިވަނީ ފިނިރޯޅި ގޯއްޗާއި ނޫވިލް ގޯތީގެ ހުޅަނގުން ސޯސަންމަގު ގެ އިރުން އޮތް ބިން އެކަނި ކެފޭ ރެސްޓޯރަންޓް ހިންގުމަށް ދޫކުރުމަށެވެ. މީގެ އިތުރުން މި ޖަލްސާގައި ރަށުގެ ބަނދަރު ސަރަޙައްދުން ދޫކުރެވޭ ބިންތަކުގެ އެންމެ ކުޑަ އަގަކީ ބިމުގެ އަކަފޫޓަކަށް 70/- ( ހަތްދިހަ ލާރި ) ކަމުގައި ނިންމެވުމާއި ގުޅިގެން މިހިނގާ 4 ވަނަ ދައުރުގެ ނަމްބަރ 2024/47/4/185/385 ވަނަ ޖަލްސާއިން ނިންމަވާފައިވާ ބަނދަރު ސަރަޙައްދުން ދޫކުރެވޭ ބިންތަކުގެ އެންމެ ކުޑަ އަގަކީ ބިމުގެ އަކަފޫޓަކަށް 30/- ( ތިރީސް ލާރި ) ކަމުގައި ކަނޑައަޅައި ނިންމަވާފައިވާ ނިންމެވުން ބާޠިލްވީ ކަމުގައިވެސް މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/25/4/215/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 215 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
3 |
|
|
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
01 ޖުލައި 2025