ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
PSM-GA/2015/221 |
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ޓީވީ ބިލްޑިންގގައިވާ އިންޖިނިއަރިންގ ޑިޕާޓްމެންޓަށް ވާރޭވެހޭތީ، އެތާނގެ ފުރާޅު ރަނގަޅުކުރުމާއި، އެތާނގައިވާ ބައެއް މަރާމާތުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށް ނިންމަން ބޭނުންވެއެވެ.
ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީ.އެސް.އެމް ގެ (ޓީވީ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.
23 ޛުލްޤަޢިދާ 1436