ދިވެހިރާއްޖެ
މިއީ، ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންކުއަރީ ހެދުމުގެ ހުއްދަ ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ހުށަހެޅުމުން އިންކުއަރީ ހެދުމަށް ނިންމާ، އިންކުއަރީ ހެދުމުގެ ހުއްދަ 2025 ފެބްރުއަރީ 17 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ވަޒީރު ދެއްވާފައިވާތީ ކުރިއަށް ގެންދެވުނު ތިނަދޫ ސިޓީ ކައުންސިލުގެ އިންކުއަރީ ރިޕޯޓެވެ.
މި އިންކުއަރީ ކުރިއަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ތިނަދޫ ސިޓީ ކައުންސިލުގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތު ދީފައިވާނެއެވެ. އޭގެ އިތުރުން، މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައިވާނެއެވެ. އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެއެވެ.
މީގެ އިތުރުން ތިނަދޫ ސިޓީ އިންކުއަރީން ފާހަގަ ކުރެވުނު ކަންކަމުގެ ބަޔާނާމެދު ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތެއް ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރުންނަށް ދީފައިވާނެއެވެ. ޖަވާބުދާރީވުމަށް ދިން ފުރުޞަތުގައި، ތިނަދޫ ސިޓީ ކައުންސިލުން އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީ ވެފައިވެއެވެ.
ގދ. ތިނަދޫ ކައުންސިލުގެ އިންކުއަރީން ބަލާފައިވާ މައްސަލަތައް
ގދ. ތިނަދޫ ސިޓީ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ގދ. ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން ހުށަހަޅައިފައިވާ މައްސަލަތަކާއި މި އޮތޯރިޓީގެ މޮނިޓަރިންގ އިން ފާހަގަކުރެވިފައިވާ މައްސަލަތަކާއި އެހެނިހެން މައްސަލަތައް؛
- ދައުލަތުގެ އިދަރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ،
- ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫން އެހެން ރަށަކަށް ރައްވެހިކަން ބަދަލު ކުރުމަށް ހުށައެޅުމުން 5,000.00 ރުފިޔާ (ފަސްހާސް ރުފިޔާ) ގެ ފީއެއް ނަގާ މައްސަލަ،
- ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫން އެހެން ރަށަކަށް ރައްވެހިކަން ބަދަލު ކުރުމަށް ކައުންސިލުން ފީއެއް ނެގުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އޮތޯރިޓީގެ ބޯޑުން އެންގި އެންގުމަށް ޢަމަލުކޮށްފައިނުވާ މައްސަލަ،
- އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދަރާތަކުން ތިނަދޫ ސިޓީ ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ،
- އަތޮޅު ކައުންސިލުން އަންގާ އެއްވެސް އެންގުމަކަށް ތިނަދޫ ސިޓީ ކައުންސިލުން ޢަމަލު ނުކުރާ މައްސަލަ،
- މާލީ ވުޒާރާގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީއާއި ބިޑް އިވެލިއުޝަން ކޮމެޓީއަށް އެލަވަންސް ދޭ މައްސަލަ،
- އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތިނަދޫ ސިޓީ ކައުންސިލަށް ތަހްޤީޤަށް ދިއުމުން އެ ކޮމިޝަނަށް އެއްބާރުލުން ނުދިން މައްސަލަ،
- ތިނަދޫ ސިޓީ ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ މައްސަލަ،
- ސަރުކާރުގެ ހައުސިންގ ސިޔާސަތުގެ ދަށުން ގދ. ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓްތަކަށް ކުރިމަތި ލުމަށް މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މަޝްވަރާއެއް ނެތި ހުޅުވާލުމާއި އަދި އެކަން ނުކުރުމަށް މިނިސްޓްރީން އެންގި އެންގުމަށް ޢަމަލުކޮށްފައިނުވާ މައްސަލަ،
- ގދ. ތިނަދޫއިން ދޫކޮށްފައިވާ ފުލެޓްތަކަށް ވަޅުފެން ނުލިބޭތީވެ، އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލުގެ މޭޔަރ އާއި ބައްދަލު ކުރުމަށް އެދުމުން ބައްދަލު ކޮށްފައިނުވާ މައްސަލަ،
- ކައުންސިލުން އިޢުލާންކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ ކައުންސިލުގެ މޭޔަރ ސައުދު ޢަލީ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލަ،
- ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިނަމަވެސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެންބަރުންގެ މުސާރައާއި އިނާޔަތް، ކައުންސިލުގެ ރައީސްއާއި މެންބަރުން ނެގި މައްސަލަ،
- ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދާ ޚިލާފަށް ވޭޖު އުޞޫލުން އިޢުލާން ކުރުމެއްނެތި މުވައްޒަފުން ނަގާ މައްސަލަ،
- ކައުންސިލުގެ މެންބަރުން ކައުންސިލުގެ ޖަލްސާއަށް އެޖެންޑާއަށް ހުށައަޅާ ކަންކަން އެޖެންޑާ ނުކުރާ މައްސަލަ،
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކައުންސިލުން ހިންގާ ޕްރޮކިއުމަންޓުތައް ސްޕްލިޓް ކޮށްގެން ކުރިއަށް ގެންދާ މައްސަލަ،
- ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދާ މައްސަލަ،
- ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަކިގޮތަކަށް ކަންކަން ކުރުވާ މައްސަލަ،
- ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރު މުޙައްމަދު ޒަލީފު ޢަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލަ،
19. ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ލޯކަލް ކައުންސިލްތަކުގެ ޢާއްމު އިޖުރާއީ ގަވާއިދާ ޚިލާފަށް އޮންލައިންކޮށް ޖަލްސާގައިބައިވެރިވާ މައްސަލައާއި އެލަވަންސް ނަގާ މައްސަލަ.
މައްސަލައާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ނިންމެވި ގޮތް
ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި، އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތަތީ، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނާތީ،
މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ މޭޔަރ ކަމަށްވާތީ، ކައުންސިލުގެ މޭޔަރ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރ ސައުދު ޢަލީ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި،
މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ކަމަށްވާތީ، ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ތިނަދޫ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ނަސްރުﷲ ޢަލީ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި،
މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރު އަހުމަދު ވަހީދު، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން ނަސޭޙަތްތެރިވުމަށާއި އަދި މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ކައުންސިލަށް ދެއްކުމަށް އެންގުމަށާއި،
މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރު އާމިނަތު ނަސީމާ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން ނަސޭޙަތްތެރިވުމަށާއި އަދި މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސް ތެރޭ އަނބުރާ ކައުންސިލަށް ދެއްކުމަށް އެންގުމަށާއި،
މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރު އަޙްމީމާ އަޙްމަދު، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން ނަސޭޙަތްތެރިވުމަށާއި އަދި މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސް ތެރޭ އަނބުރާ ކައުންސިލަށް ދެއްކުމަށް އެންގުމަށާއި،
މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރު މުޙައްމަދު ޒަލީފު ޢަބްދުﷲ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން ނަސޭޙަތްތެރިވުމަށާއި އަދި މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސް ތެރޭ އަނބުރާ ކައުންސިލަށް ދެއްކުމަށް އެންގުމަށާއި، އަދި ކައުންސިލު މެންބަރެއްގެ ކިބައިގާ ހުރުން ލާޒިމް ސިފައެއް އުނިވެފައިވާކަމަށް ކަނޑަޅައިފިނަމަ އެކަން ޤާނޫނާއި އެއްގޮތަށް ޕްރޮސެސް ކުރުމަށާއި،
މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކޮމިޓީ ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކޮމިޓީގެ ރައިސް ކަމަށްވާތީ، ކޮމިޓީގެ ރައިސް ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2024/R-19 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަން، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން ނަސޭޙަތްތެރިވުމަށާއި އަދި ގަވާއިދާ ޚިލާފަށް ނަގާފައިވާ އެލަވަންސާއި ފައިސާ އަނބުރާ ކޮމެޓީއަށް ދެއްކުމަށް އެންގުމަށާއި،
އަދި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން މި ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްއާއި އަދި އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، 2025 ޖޫން 25 ވަނަ ދުވަހު ބޭއްވި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 2025 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރީމެވެ.