ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު ސްކޭޓް ޕާކާއި ނޭޗަރ ޕާކު ޑިޒައިންކޮށް ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ރަޖިސްޓްރީވުމުގެ ސުންގަޑި |
07 ޖުލައި 2025 ، ހޯމަ |
10:00 |
ޕްރީ ބިޑް މީޓިންގ: ނައިވާދޫ ކައުންސިލް އިދާރާގައި ( އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލިންކް ފޮނުވޭނެއެވެ.) |
07 ޖުލައި 2025 ، ހޯމަ |
13:15 |
ބީލަންތައް ހުށަހެޅުމާއި ހުޅުވުން |
10 ޖުލައި 2025، ބުރާސްފަތި |
11:00 |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6520643 އަށެވެ. |
- ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.office.com/r/H8W2UiH2ve
- ސްކޭޓް ޕާކާއި ނޭޗަރ ޕާކު ޑިޒައިންކޮށް ބީ.އޯ.ކިއު ހެދުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ސްކޭޓް ޕާކާއި ނޭޗަރ ޕާކު ޑިޒައިންކޮށް ބީ.އޯ.ކިއު ހެދުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.