ދިވެހިރާއްޖެ
އިޢުލާން
ހާޖީ ފައުންޑޭޝަންގެ ފަރާތުން ޙައްޖަށް ފޮނުވާނެ ފަރާތެއް ހޯދުމަށް (.)
ވިލިނގިލީ ދާއިރާގެ މަޖިލިސް އިންތިޚާބުގެ ވަޢުދުތަކުގެ ތެރެއިން، މަޖިލިސް ދައުރު ނިމެންދެން ކޮންމެ އަހަރަކު ހާޖީ ފައުންޑޭޝަނުން ދެ ފަރާތަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ހަމަޖެހިފައިވާކަމަށް އެފައުންޑޭޝަނުން މިއިދާރާއަށް އަންގަވާފައިވެއެވެ. މިގޮތުން ޙައްޖު ދަތުރަށް ދެ ފަރާތެއް ފޮނުވުމަށް ހާޖީ ފައުންޑޭޝަނުން ނިންމާފައިވާތީ، ޙައްޖު އަދި ޢުމްރާއަށް ފޮނުވާނެ ފަރާތްތައް ހޮވުމުގެ އުޞޫލާ އެއްގޮތަށް، ޙައްޖަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމަށް މިއިދާރާގައި އެދިފައިވާތީ 30 ޖޫން 2025 އިން ފެށިގެން 20 ޖުލައި 2025 ގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ މުއްދަތު ޙުޅުވާލެވިފައިވާވާހަކަ ޢާއްމުކޮށް އިޢުލާންކުރީމެވެ. މި މުއްދަތުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އިދާރާއިން ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ފޯމް ދޫކުރުމާއި، ބަލައިގަތުން:
ރަސްމީ ދުވަސްތަކުގައި (ހެނދުނު 09:00 އިން މެންދުރު 13:00 އަށް)