ނީލަން
ނަންބަރު: (IUL)PSM-HA/PSM/2025/139
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 03 ޖުލައި 2025 14:30
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގައި މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާ އައި.ޓީ އިކުއިޕްމަންޓްތައް ނީލަން ކިޔުން

ޕަބްލިކް ސަރވިސް މީޑިއާ

    މާލެ، ދިވެހިރާއްޖެ

 

 

ޕީއެސްއެމްގެ މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާ އައި.ޓީ އިކުއިޕްމަންޓްސް ނީލަން ކިޔުން

 

މި ކުންފުނީގައި މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާ އައި.ޓީ އިކުއިޕްމަންޓްތައް ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ނީލަން ކިޔުމުގެ ކުރިން މި ތަކެތި ބައްލަވާލެއްވުމުގެ ފުރުޞަތު، 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:30 ގައި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގ އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ނީލަން އަގު ހުށަހެޅޭނީ ތަކެތި ބައްލަވާލެއްވުމަށް ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ނީލަން ކިޔުން އޮންނާނީ 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 ގައި ރޭޑިއޯ ބިލްޑިންގ ގައެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތުން، ނީލަން ކިޔާ ދުވަހު ފައިސާ ދައްކަވައި، 05 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ކުރިން ތަކެތި ގެންދަވައި ހުސްކުރައްވަންވާނެއެވެ.

 

30 ޖޫން 2025

30 ޖޫން 2025