ކުއްޔަށް ދިނުން
ނަންބަރު: (IUL)326/PRIV/2025/33
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 14 ޖުލައި 2025 10:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެދިކާހެދުމަށާއި މަސްކެއްކުންފަދަ ކުދި ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ބެހޭ

އިޢުލާން

ޅ. ހިންނަވަރު އަލަށް ހިއްކި ބިމުގެ ދެކުނު ކޮޅުގައި މިހާރު ކުނިކޮށި ހުރި ސަރަޙައްދުގެ އުތުރުން  ޕްލޮޓް ނަންބަރ A07 އާއި ދެމެދު އޮތް ސަރަޙައްދުން ހެދިކާހެދުމަށާއި މަސްކެއްކުންފަދަ ކުދި ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  •  ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

30 ޖޫން 2025