މަސައްކަތް
ނަންބަރު: (IUL)322-EP/322/2025/89
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 08 ޖުލައި 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

  1. މިރަށު މަސްޖިދުލް ޙަޟާރާ 2 ބޮޑުދޮރު ނަގައި 1 ދޮރުދާރަ ހަލާކުވެފައިވާތީ އެދާރަ ތަޅައި ދޮރުދާރަ އަލުން ހަދައި 2 ބޮޑުދޮރާއި ދޮރުފަތް ހަރުކުރަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (16/06/2025) (IUL)322-EP/322/2025/78 އިޢުލާއި ގުޅިގެން އެކަށީގެންވާ ވަރަށް ކޯޓޭޝަން ހުށަހަޅާފައި ނުވާތީ ކޯޓޭޝަން ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2. މިމަސައްކަތް ކުރުމުގެ ސަބަބުން ކުލަލާންޖެހޭ އެންމެހާ ތަންތަނުގައި ނިޕޯން ބްރޭންޑްގެ ހުދުކުލަ ރީތިކޮށް ލާންވާނެއެވެ.
  3. ދޮރާއި ދޮރުފަތް ހަރުކުރުމަށްފަހު ތަން ރަގަޅަށް ސާފުކޮށް އެންމެހާ ކުނިބުނި ނައްތާލަންވާނެއެވެ.
  4. ދޮރާއި ދޮރުފަތް ހެދުމަށް ބޭނުންވާ ކުރެހުމާއިއެކުވާ މަޢުލޫމާތު މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  5. ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  6. ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.
  7. ކޯޓޭޝަން ހުށަހަޅާނީ 08 ޖުލައި 2025 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން މިއިދާރާއަށެވެ.
30 ޖޫން 2025