ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ތިލަފުށީގައި ހުރި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.)ގެ ފަރާތުން ތިލަފުށީގައިކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަލައި ދިރާސާކުރުމަށްފަހު ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތުގެ މަޤުޞަދަކީ ތިލަފުށީގައިވާ ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަށް ބޭނުންކުރެވޭ ފެންވަރަށް މަރާމަތުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެ މަސައްކަތްތަކަށް ދާނެ ޚަރަދާއި މުއްދަތު ކަނޑައެޅޭނޭވަރުގެ މަޢުލޫމާތު އެއްކުރުމެވެ.
ޓެކްނިކަލް އަދި ފައިނޭންޝިއަލް ޕްރޮޕޯޒަލް ހުށަހަޅުއްވަންވާނީ މި މަސައްކަތާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރ.އެފް.ޕީ) އާ އެއްގޮތަށެވެ. އާރ.އެފް.ޕީ މި މިނިސްޓްރިގެ ވެބްސައިޓް www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
މިކަމަށް ޝައުޤުވެރިވާ، ފަރާތްތަކުގެ ޓެކްނިކަލް އަދި ފައިނޭންޝިއަލް ޕްރޮޕޯޒަލް 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ވަޑައިގެން އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، ހަނދުވަރީ ހިނގުން
މާލެ، ދިވެހިރާއްޖެ
އީ.މެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ފޯން: 3018431 (960+) , 3018368 (960+) ފެކްސް: 3018301 (960+)