ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2025/19
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:11
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމުގެ އުޞޫލަށް ގެނެވުނު ބަދަލު:

އިޢުލާން

ނީލަން ކިޔުމުގެ އުޞޫލަށް ގެނެވުނު ބަދަލު:

މިކައުންސިލްގެ ނީލަންތަށް ކިޔުމުގައި، ޢަމަލު ކުރާނެ އުޞޫލުތަކެއް މިކައުންސިލްގެ ނަމްބަރ  180 ( 29 ޖޫން 2025 ) ވަނަ އާއްމު ޖަލްސާއިން ވަނީ ފާސް ކުރެވިފައެވެ.

1-      ނީލަން ކިޔާނީ ކޮންމެ މަހެއްގެ އެންމެ ފުރަތަމަ އަންނަ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހަކުއެވެ.

2-        ނީލަން އޮންނާނި މިކައުންސިލްގެ އިދާރާގައެވެ.

3-        ނީލަން ކުރިއަށްދާ ވަޤުތު ނީލަމަށް އަގު ހުށައެޅުން ފިޔަވައި އެހެން ވާހަކަ ދައްކާ، އަޑުގަދަކުރާނަމަ އެފަރާތެއް ނީލަންކިޔާ މާލަމަކުން ނެރުމުގެ އިޙްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ނީލަމުން ނެރެވޭ ފަރާތްތައް އެދުވަހުގެ ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރަށް ނުދެވޭނެއެވެ.

4-        ނީލަމުންނަގާ ތަކެތި ނީލަންކިޔާ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަންވާނެއެވެ.

5-        ނީލަމުންނަގާ ތަކެތި ފައިސާ ނުދައްކައި ނުގެންގޮސް ހުރެއްޖެނަމަ، 01 ( އެކެއް ) އަހަރުގެ މުއްދަތަށް އެފަރާތަކަށް އއ. ފެރިދޫ ކައުންސިލްގެ އެއްވެސް ނީލަމެއްގައި ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

6-         ނީލާމުންނަގާ ނުގެންގޮސް ހުންނަތަކެތި ޖެހިގެން އަންނަ ރަސްމީ 02 ( ދޭއް ) ދުވަހުތެރޭ މިތަކެތި އަލުން ނީލަން ކިޔޭނެއެވެ. މިފަދައިން 03 ( ތިނެއް ) ދުވަހު ނީލަން ކިޔައި އެތަކެތި ނީލަމުން ނުނަގައި ނުވަތަ ނަގައި ނުގެންގޮސްފިނަމަ ކައުންސިލުން ނިންމައިގެން ވިއްކާލުން ނުވަތަ ނައްތާލެވިދާނެއެވެ.   

ވީމާ، މަތީގައިވާ އުޞޫލުތަކާއި އެއްގޮތަށް، ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ޢަމަލުކޮށްދެއްވުން އެދި ދެންނެވީމެވެ.

30 ޖޫން 2025