ދިވެހިރާއްޖެ
އިޢުލާން
ކ.ގުރައިދޫ ހިއްކިބިމުގައި ލައިޓް ޕޯސްޓް ޖަހާނެ ތަންތަން ސަރވޭ ކޮށް ޕޮއިންޓްތައް ފާހަގަކުރުމާއި 100 ސްޓްރީޓް ލައިޓް ޖެހުމަށް ބުޑު އެޅުމާއި ލައިޓް ހަރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ލޭންޑް ޔޫސް ޕްލޭން މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 2000 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުނުތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން/ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން
- ރަޖިސްޓްރީ ނަމްބަރު
- އީމެއިލް އެޑްރެސް
- ގުޅޭނެ މޯބައިލް ނަމްބަރު
- ރަޖިސްޓްރީ ކުރުމަށް ފައިސާ ދެއްކި ކަމުގެ ރަސީދު (ޓްރާނސްފަރ ސްލިޕް)
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 08:30 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާ ގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި 10000.00 (ދިހަހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
30 ޖޫން 2025