ނީލަން
ނަންބަރު: 113-CCD/I-2015/101
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:03
ސުންގަޑި:
15 ސެޕްޓެންބަރު 2015 14:30
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މުދާތައް ނީލަމުގައި ވިއްކާލުމަށް
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: ( ތަފުސީލު އެޓޭޗް ލިސްޓްގައި)
- ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި
- ނީލަން ކިޔަން ފެށުން: 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހު މެންދުރުފަހު 04:00 ން ފެށިގެން.
- ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހު މެންދުރުފަހު 02:30 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓްގައި ނަން ނޯޓްކުރާ ފަރާތްތަކަށެވެ. ނަން ނޯޓް ކުރައްވާއިރު އައިޑީ ކާރޑް ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.
- ނީލަން ކިޔާ މުދާ ބެލުން: 14 ސެޕްޓެންބަރު 2015 ވާ ހޯމަ އަދި 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހު ހެނދުނު 09:30 ން 11:30 އަށް
- ފައިސާ ދެއްކުމާއި މުދާ ގެންދިއުން:
- ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް މިކުންފުނިން ފޯރުކޮށް ދެވޭނެއެވެ.
- ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެމުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
ނީލަން ނިމޭ އަގު |
ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު |
||
500.00 |
ރ |
އާ ހަމައަށް އަގުގެ |
100% |
1,000.00 – 501.00 |
ރ |
އާ ހަމައަށް އަގުގެ |
25% |
10,000.00 – 1,001.00 |
ރ |
އާ ހަމައަށް އަގުގެ |
15% |
10,001.00 |
ރ |
އިން ފެށިގެން މައްޗަށް އަގުގެ |
10% |
ލަސްވެގެން ނީލަން ނިމޭ ދުވަހާއި ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ޙަވާލުވާން ވާނެއެވެ.
- ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.
- މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މިކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
- ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި ނީލަން ނެގި ފަރާތަށް މިކުންފުނިން ބާއްވާ ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
- ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީއާ ބެހޭ ގަވާއިދުގެ މަތިންނެވެ.
- ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާތިލްވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
ނީލަމާބެހޭ މައުލޫމާތު މިކުންފުނީގެ ވެބްސައިޓުން(www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.
26 ޛުލްޤަޢިދާ 1436
10 ސެޕްޓެންބަރު 2015