ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AS/1/2025/42
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 08 ޖުލައި 2025 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ އައިޓީ އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީއަށް ބޭނުންވާ އައިޓީ އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މައުލޫމާތު އަދި ސްޕެސިފިކޭޝަން ޝީޓާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަހެޅުން.

ބީލަން ހުށަހަޅާ ފަރާތްތަކުން، ބީލަން ހުށަހެޅުމުގައި ހުރިހާ އިކުއިޕްމަންޓްސް ތަކަށް އަގު ހުށައަޅަންވާނެއެވެ. އަގު ހުށަހަޅަންވާނީ ކޮންމެ އިކުއިޕްމަންޓްސްއެއްގެ އަގު ކޯޓޭޝަންގައި ވަކިވަކިން ހިމެނުމަށްފަހު ޖުމްލަ އަގު ބިޑް ހުށަހަޅާ ފޯމް ގައިވެސް ހިމަނާލައިގެންނެވެ. ހުށަހަޅާ ބިޑްގައި މި ތަފްސީލްތައް ވަކިން އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.

  •  ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ވާންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
  • އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
  • ބީލަން ހުށައަޅާ ފަރާތަކީ މި މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

ބިޑް ސެކިއުރިޓީ

(ހ) މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ އަކީ 5,000ރ (ފަސްހާސް ރުފިޔާ) އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށައަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 (ތިރީސް) ދުވަސް ކަމުގައި ވާންވާނެއެވެ.

(ށ) ހުށައަޅާ އަންދާސީ ހިސާބުގެ އަގު 500,000ރ (ފަސް ލައްކަ ރުފިޔާ) އަށް ވުރެ ބޮޑުކަމުގައި ވާނަމަ (ހ) ގައިބަޔާންކޮށްފައިވާ އަދަދުގެ ބިޑް ސެކިއުރިޓީ ހުށައަޅަންވާނެއެވެ.

 (ނ) ބިޑް ސެކިއުރިޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޓަކުން މި  ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީ ލިޔުމެކެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ޗެކް ބަލައެއް ނުގަނެވޭނެއެވެ.

ޕާފޯމަންސް ގެރެންޓީ

(ހ) ބީލަން ކާމިޔާބުކުރާ ފަރާތުން ހުށައަޅާފައިވާ އަގަކީ 500,000ރ (ފަސް ލައްކަ ރުފިޔާ) އަށްވުރެ ބޮޑު އަގެއްނަމަ

 ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 2% (ދޭއް އިންސައްތަ) އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ޙަވާލުވާ ދުވަހު ހުށައަޅަންވާނެއެވެ.

(ށ) ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަފައިނޭންޝިއަލް އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ޕާފޯމަންސް ގެރެންޓީ ލިޔުމެކެވެ. އަދި ޕާފޯމަންސް ގެރެންޓީގެގޮތުގައި  ޗެކް ބަލައެއް ނުގަނެވޭނެއެވެ.

(ނ) ޕާފޯމަންސް ގެރެންޓީގެ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މަސައްކަތުގެ މުޅި މުއްދަތަށްވުރެ  ކުރު މުއްދަތަކަށް ވެގެން ނުވާނެއެވެ. ޕާފޯމަންސް ގެރެންޓީ ހުށަނާޅައިފިނަމަ ބެލެވޭނީ މަސައްކަތާއި ހަވާލުނުވީ ކަމަށެވެ.

އެޑްވާންސް ފައިސާ

މި ޕްރޮޖެކްޓަށް އެޑްވާންސް ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވެއެވެ.

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް/ ކޯޓޭޝަން
  3. އަގުހުށަހަޅާ ތަކެތީގެ ސްޕެސިފިކޭޝަން
  4. ތަޖުރިބާ ބަޔާންކުރާ ލިޔުން
  5. ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސްޓީއަށް ރެޖިސްޓާ ކޮށްފައިވާނަމަ) ނުވަތަ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމެއް
  6. އެސް.އެމް.އީ ރަޖިސްޓްރޭޝަން ކޮޕީ

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

60%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

2

މުއްދަތު:

30%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން  އުސޫލުން

3

ތަޖުރިބާ:

 10%

 ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 2 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 10 ޕޮއިންޓެވެ.)

އިތުރު މައުލޫމާތު

  • މަސައްކަތުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
  • ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް އޮންނަންވާނީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ ބީލަމެއްކަން އެނގެން އޮންނަން ވާނެއެވެ.
  • ބީލަން ހުށަހަޅަން ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
  • ބީލަންތައް ބަންދު ކޮށްފައިވާ ސިޓީއުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި ބީލަން ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ ހާޟިރުގައެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 11:00 ވޭލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 ޖޫން 2025