ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއި ގުޅޭ:
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގުމަށްޓަކައި މިރަށުގައިވެސް ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިރިއުޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ގޯތީގައި ގެދޮރިއެޅުމަށް ބޭނުންވާ ފަރާތްތަކުން މި މަޝްރޫޢުގެ ދަށުން ގެ އެޅުމުގެ ފުރުޞަތުވަނީ ހުޅުވާލަފައެވެ.
ވީމާ، މި މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކުން 2025 ޖުލައި 06 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިޢުލާނާއި އެކު ހިއްސާކުރާ ފޯމް ފުރިހަމަކުރުމަށް ދަންނަވަމެވެ.
ލިންކް: https://forms.office.com/r/VZMgA2AFEt?origin=lprLink
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 މުޙައްރަމް 1447