ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)484/INDIV/2025/9
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 07 ޖުލައި 2025 15:00
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
ދިވެހިރާއްޖެ
މެނޭޖަރ، ކޯޕަރޭޓް ސަރވިސަސް

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

މެނޭޖަރ، ކޯޕަރޭޓް ސަރވިސަސް

ޑިޕާޓްމަންޓް:

ކޯޕަރޭޓް ސަރވިސަސް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ

އަސާސީ މުސާރަ: 

8،500.00 ރުފިޔާ އާއި 9،000.00 ރުފިޔާއާ ދެމެދު 

ސަރވިސް އެލަވަންސް: 

170.00 ރުފިޔާ އާއި 200.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) 

ޙާޒިރީ އެލަވަންސް: 

250.00 ރުފިޔާ އާއި 300.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) 

އެހެނިހެން އިނާޔަތްތައް:

މީގެއިތުރުން، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އިންސްޓިޓިއުޓްގެ ކޯޕަރޭޓް ޑިޕާޓްމަންޓްގެ އެންމެހައި ކަންތައްތައް ރާވައި ވިލަރެސް ކުރުން.
  • އިންސްޓިޓިއުޓްގެ މުވައްޒަފުން ޢަމަލުކުރުން ލާޒިމުވާ ޤަވާޢިދު/އުޞޫލު/އިޖުރާޢަތުތައް އާންމުކޮށް ހުރިހާ މުވައްޒަފުންނަށް ފެންނާނެހެން ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  • މުވައްޒަފުންނާއި ގުޅޭ ކަންތައްތައް އިންސްޓިޓިއުޓްގެ ސިޔާސަތާއި،އިދާރީ ޤަވާއިދުތަކާއި އުޞޫލުތަކާއި ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާވައި ހިންގުން.
  • އިންސްޓިޓިއުޓްގެ މުވައްޒަފުން މަސައްކަތްތަކަށް އަހުލުވެރިކުރުމާއި، އަލަށް މަސައްކަތަށް ނިކުންނަ މުވައްޒަފުން މަސައްކަތުގެ މާހައުލަށް  އަހުލުވެރިކުރުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގުރާމުތައް އެކުލަވައިލައި ކުރިޔަށް ގެންދިއުން.
  • ކޮންމެ އަހަރަކު އެއްފަހަރު، މުވައްޒަފުންގެ ފެންވަރު ބަލާ ފޯރމް ފުރިހަމަ ކުރުމާއި އެހެން ޑިޕާޓްމަންޓްތަކުން ފޯމްތައް ފުރިހަމަ ކުރޭތޯ ބެލުން.
  • އިންސްޓިޓިއުޓްގެ ފައިނޭންސް ޑިވިޜަންގެ މަސައްކަތްތައް ވިލަރެސްކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމްކޮށްދިނުން.
  • އިންސްޓިޓިއުޓްގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނަ ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުމާއި، އިންސްޓިޓިއުޓްގެ އޮޑިޓަރުންނަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމާއެކު، އިންސްޓިޓިއުޓުން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު އިންސްޓިޓިއުޓް ހިންގާފައިވާގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.
  • އިންސްޓިޓިއުޓް ހިންގުމަށް ބޭނުންވާ ހުރިހައި ވަސީލަތެއް ހޯދުމާއި އެ ތަކެތި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ހަމަޖެއްސުން.
  • ޕްރޮކިއުމަންޓް ޑިވިޜަންގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ޑިވިޜަނުން ނިންމަންޖެހޭ ރިޕޯޓްތައް ގަވާއިދުގެ މަތީން ނިންމާތޯ ޗެކްކޮށް ބެލެހެއްޓުމާއި ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުކޮށް އެކަންކަން ކަށަވަރުކުރުން.
  • އިންސްޓިޓިއުޓްއިން ބާއްވާ އެކިއެކި އިވެންޓްތަކާއި ފޯރަމްތަކާއި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުން.
  • ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  • މަސައްކަތާއި ގުޅޭ ގޮތުން އިންސްޓިޓިއުޓުއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

  • މަޤާމާއި ގުޅޭދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (މީގެތެރެއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލްއެއްގައި މަސައްކަތްކޮށްގެން ހޯދާފައިވާ ތަޖުރިބާ ކަމުގައިވުން)، ނުވަތަ
  • ACCA ޕްރޮފެޝަނަލް ލެވެލް ނުވަތަ CIMA ސްޓްރެޓެޖިކް ލެވެލް ނުވަތަ މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރާއި 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (މީގެތެރެއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލްއެއްގައި މަސައްކަތްކޮށްގެން ހޯދާފައިވާ ތަޖުރިބާ ކަމުގައިވުން).

މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:

  • ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު، މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
  • އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ

ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.

ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

29 ޖޫން 2025