ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2025/30
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 07 ޖުލައި 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ހަތަރު ސަރަހައްދެއްގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމަށް

            ރ.އަލިފުށި ފެނަކަ ބްރާންޗު އިމާރާތުގެ ދެކުނުން ހަވީރީހިނގުމުގެ އިރުން ގިރާމިސްކިތްމަގުގެ ހުޅަނގަށް އޮތް ސަރަހައްދުގައި ހުރި ރުއްގަހާއި، ގަބުރުސްތާނު ގޯތި ތެރޭގައި ހުރި ރުއްތައް އަދި ގަބުރުސްތާނު އިރުމަތިން ހަވީރީހިނގުމުގެ ހުޅަނގުން ޝަމްސުއްދީނު މަގުގެ ދެކުނުން ދަރުމަވަންތަ މަގުގެ އުތުރަށް ހޮސްޕިޓާ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަހާއި އަދި އޭ.ޑީ.އެސް އޮޑި އެހެލާ ބިމުގެ އިރުން ބޮޑުތަކުރުފާނު މަގުގެ އުތުރުން ކޮއިގޯތިމަގުގެ ހުޅަނގުން އޮތް ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

             ވީމާ، މިސަރަހައްދުތަކުގައި ހުރި ރުއްގަހުގެ ވެރި ފަރާތެއް ވާނަމަ 2025 ޖުލައި 07 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޝަރުޢީ ލިޔުން ހުށަހަޅުއްވާ އެކަން މިއިދާރައަށް ލިޔުމުން އެންގެވުން އެދެމެވެ.

 

             މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

               29 ޛުލްހިއްޖާ 1446

25 ޖޫން 2025