ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން މި އަހަރުވެސް ކުމުންދޫގައި ބަށި މުބާރާތެއް ބޭއްވުމަށް، މިކޮމެޓީގެ 184ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަދި މި މުބާރާތުގެ ހިންގާ ޤަވާއިދުވާނީ ކޮމެޓީގެ 185 ވަނަ އާއްމު ބައްދަލުވުމުން ފާސްކުރެވިފައެވެ. މި މުބާރާތަކީ ކުޅިވަރުގެ މައިދާނުގައި ކަނބަލުންގެ ހުނަރު ކުރިއެރުވުމާއި ކުޅިވަރު ކުޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކުޅިވަރުކުޅުމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބޭއްވޭ މުބާރާތެކެވެ.
މުބާރާތް ފެށުމަށް ތާވަލު ކުރެވިފައިވަނީ 26 ޖުލައި 2025 ގައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމުލަ މަދުވެގެން 3 ޓީމް މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައަޅާފައި ވާނަމައެވެ.
މުބާރާތުގައި ހޮވޭނެ ވަނަތައް:
- މުބާރާތުގެ ޗެންޕިއަން ޓީމް ( ޓޮރޮފީ + -/3000 )
- މުބާރާތުގެ ރަނަރއަޕް ޓީމް ( ޓޮރޮފީ + -/2000 )
- މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާ ( ޓޮރޮފީ + -/500 )
- މުބާރާތުގެ އެންމެ މޮޅު ހިފުންތެރިޔާ ( ޓޮރޮފީ + -/500 )
- ބަށި މުބާރާތުގެ ރާނީ ( ޓޮރޮފީ + -/500 )
- ކޮންމެ މެޗެއްގެ "ކުއީން އޮފް ދަ މެޗް" ( ޓްރޮފީ )
މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އެއްކަރުދާސް ކުރީމެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހުވަގުތަކީ 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 12:00 އެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.