ތަމްރީނު
ނަންބަރު: (IUL)160-AS/PRV/2025/7
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 03 ޖުލައި 2025 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކައުންސިލަރުންނަށް ޚާއްސަ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމަށް

ކައުންސިލަރުންނަށް އަމާޒުކޮށްގެން ފެށުމަށް ހަމަޖެހިފައިވާ ޚަތީބުކަމުގެ ކޯހަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޠު:

  1. ކައުންސިލަރަކަށްވުން / ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށްވުން
  2. ފިރިހެނަކަށްވުން

މުއްދަތު:

  • 15 ހަފްތާ

ކިޔެވުން ކުރިއަށްދާނެގޮތް:

  • އޮންލައިންކޮށް

ކިޔެވުން އޮންނާނީ: 

  • ހަފްތާއަކު 5 ދުވަހު (ހަފްތާ ބަންދު ނޫން ހުރިހާ ދުވަހެއް)

ގަޑި:

  • 20:30 – 22:30

ޖާގަ:

  • 50 ޖާގަ

ކޯހަށް ހޮވުމުގައި ބަލާ މިންގަޑު:

  1. ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުން.
  2. ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަން.

  

ހުށަހަޅަންޖެހޭ ތަކެތި:

  1. ސީވީ
  2. އައިޑީ ކާޑުގެ ކޮޕީ
  3. އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް
  4. ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން.

 

މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 3 ޖުލައި 2025 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް
 ( https://forms.gle/EuEHUg9SzUgY1Tmg8 ) ފުރިހަމަ ކުރެއްވުން އެދެމެވެ.

 

ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 8 އަދި 9 މި ދެދުވަހުއެވެ.

24 ޖޫން 2025