ކުއްޔަށް ދިނުން
ނަންބަރު: (IUL)236-CA/236/2025/20
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 20 ޖުލައި 2025 10:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ "މަތިފަޅު" ލޯންޗް ބެލެހެއްޓުމަށް ކުއްޔަށް ދޫކުރުން

  1. މި ކަމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމަށް ބޭނުންކުރެވޭނެ މިންގަނޑުތައް ބީލަން ފޮތުގައި ތަފްޞީލުކޮށް ބަޔާންކުރެވިފައިވާނެއެވެ.
  2. މި މަސައްކަތަށް ޕްރޮޕޯސްލް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށް އެކަންޏެވެ.

  3. މި ބީލަމުގައި ބައިވެރިވުމަށް -/500ރ (ފަސްސަތޭކަ) ރުފިޔާ ގެ އަނބުރާ ނުލިބޭ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަތުން އޮންނާނީ 2025 ޖޫން 25 އިން 2025 ޖުލައި 17 އާ ދެމެދު، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ. ފައިސާ ޖަމާކުރަންވާނީ މި އިދާރާގެ އެކައުންޓް ނަންބަރު 7709700401001 (ރެވެނިއު 1 1408) އަށެވެ.

  4. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ އަންނަނިވި މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ:

      1. ނަމާއި އެޑްރެސް
      2. ގުޅޭނެ ނަންބަރު
      3. އީމެއިލް އެޑްރެސް
      4. ފައިސާ ދެއްކި ސްލިޕްގެ ކޮޕީ
  5. މި މަޝްރޫޢާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް، އިލެކްޓްރޯނިކް (ސޮފްޓްކޮޕީ) ފޯމެޓުގައި، 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާ ގުޅޭގޮތުން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް، ކައުންސިލް މެދުވެރިކޮށް ހޯދައި، އެ މަޢުލޫމާތުތަކަށް އަހުލުވެރިވުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ އަމިއްލަ ޒިންމާއެކެވެ. އަދި ބީލަން ހުށަހެޅުއްވުމުގެ ކުރިން "މަތިފަޅު" ލޯންޗްގެ ހާލަތު ހުރިގޮތް ބެއްލެވުމަކީ އެދެވިގެންވާކަމެކެވެ.

  6. މި ބިޑްތައް ހުޅުވުން އޮންނާނީ 2025 ޖުލައި 20 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މ.އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ.

  7. ިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މި މަޝްރޫޢާ ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 2025  ޖުލައި 16 ވާ ބުދަ ދުވަހު 14:00 ގެކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

 

އިތުރު މަޢުލޫމާތު، ރަސްމީ ބަންދުނޫން ކޮށްމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މ.އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން / މ.މުލި

ފޯން:  6724702

އީމެއިލް [email protected] :

25 ޖޫން 2025